މިއަހަރުގެ ރަަމަޟާން މަސް ފެށުމުގެ ކުރިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަަސައްކަތްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ރޯދައިގެ ކުރިން ބޮޑެތި މިސްކިތްތަކުގެ އާބާތުރަ ފިލުވައި ނިންމާލެވޭނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުރި ހުރިހާ މިސްކިތްތައް ސާވޭ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ހުރި މައްސަލަތައް ވަކި ވަކިން ނޯޓުކޮށްފައިވާ ކަމަށާއި ޖުމްލަ 29 މިސްކިތެއް މަރާމަތު ކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރަމަޟާން މަސް އަންނަންވާއިރަށް ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަަސައްކަތުގައި ވަނީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނު ވެސް ބައިވެރިވެޑައިގެންފައެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަކީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.