ސޯފީ ޓާނާރ އާއި ޖޯ ޖޯނަސް

މަޝްހޫރު ލަވަ ކިޔުންތެރިންގެ ގްރޫޕެއް ކަމަށްވާ 'ޖޯނަސް ބްރަދާސް'ގެ ލަވަކިޔުންތެރިއެއްކަމަށް ވާ ޖޯއީ ޖޯނަސްއާއި މިހާރުގެ އެންމެ މަޤްބޫލުއެއް ސިލްސިލާކަމަށްވާ ގޭމް އޮފް ތްރޯންސްގައި 'ސާންސާ ސްޓާކް' ގެ ދައުރު އަދާކުރަމުން އަންނަ ތަރިއެއް ކަމަށް ވާ ސޯފީ ޓާނާ ކައިވެނިކޮށްފިއެވެ.

މި ދެ ބައިވެރިންް ލޯބީގެ ގޮތުން  ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކަކަށް ފަހު މި މޭ މަހުގެ 1 ވަނައަށް ވީ ބުދަ ދުވަހުގައި ވަނީ ރަސްމީކޮށް ކައިވެނިކޮށްފައެވެ. ސޯފީ އާއި ޖޯއީއާއި ދެމީހުން ކައިވެނި ކުރީ ލަސް ވެގަސްގައެވެ.

ޖޯއީ ޖޯނަސް ވަނީ ދާދި ފަހަކުން ލާސް ވޭގަސްގައި ބޭއްވި 2019 ވަނަ ބިލްބޯޑް މިއުޒިކް އެވޯޑްސް ގައި ކުލަގަދަ ތަމްސީލެއް ކުޅެފައެވެ. ސޯފީ ޓާނާވެސް އަންނަނީ ގޭމް އޮފް ތްރޯންސް ބެލުންތެރިންނާ ހަމައަށް ނެރެމުންދާ، މި ދުވަސްވަރުގައި ގިނަ ބައެއްގެ މަގްބޫލުކަމެއް ހޯދަމުންނެވެ.

ޖޯއީ ޖޯނަސްގެ ކައިވެންޏާއެކު ޖޯނަސް ބްރަދާސްގެ މުޅި ތިން ބެއިންވެސް ވަނީ ކައިވެނިކޮށް ނިމި، ޒަވާޖީ ހަޔާތަކަށް ފަށައިގަނެފައެވެ. 2008 ވަނަ އަހަރުގައި ކެވިން ޖޯނަސް ވަނީ ޑެނިއަލް ޖޯނަސް އާއި ކައިވެނިކޮށްފައެވެ. އަދި މި ނިމިގެންދިޔަ 2018 ވަނަ އަހަރުގައި ނިކް ޖޯނަސް ވަނީ ޕްރިއަންކާ ޗޯޕްރާ އާއި ކައިވެނިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *