މިއަހަރުގެ ފިތުރު ޒަކާތް ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މާލޭގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 13:00 އަށް އިސްލާމިކް މިނިސްޓްރިގައި ކަމަށެވެ. އަދި، ވިލިމާލޭގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ކަމަށާއި، މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ، އަހަރުތެރޭގައި އެރަށެއްގައި ބަނޑުކެއުމެއްގެ ގޮތުގައި އާއްމުގޮތެއްގައި ކައިއުޅުނު ބާވަތަކުން 2.4 ކިލޯ ކަމަށެވެ. އަދި ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *