ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނަށް އިންޒާރުދިން ފަތުރުވެރިއަކު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރާއްޖެއަށް މިއަދު އައި ފަތުރުވެރިއަކު ހިފަހައްޓައިފި ވަނީ އެވަގުތު އެމީހާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ބޯޑާ ކޮންޓްރޯލް އޮފިޝަލުންނާއި ޒުވާބުކޮށް އިންޒާރު ދިނުމުންނެވެ.

އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު ޖެއްސި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން އައި ޖޯޑަންގެ އެ ފަތުރުވެރިޔާ ހިފަހައްޓަން ޖެހުނީ އޭނާއަށް ވިސާ ޖަހައިދޭން އިމިގްރޭޝަންގެ އޮފިޝަލުން ދެކޮޅު ހެދުމުން، އެ މީހުންނާ އޭނާ ޒުވާބުކޮށް އިންޒާރުދީ ހެދުމުން ކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެމަސައްސަލަ މިހާރު އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި، އެމީހާ ހުރީ މިހާރު ބެލުމުގެ ދަށުގައިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *