އައިޖީއެމްއެޗްގެ ފަރާތުން އިންތިޒާމުކޮށްގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށަަައިފިއެވެ.
އޭޕްރީލް މަހުގެ ފަހު ހަފްތާގައި ފާހަގަކުރަމުން އަންނަ ލެބޯޓްރީ ޕްރޮފެޝަން ވީކް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ އެ ހަރަކާތް ކުރިއަށްދާނީ އައިޖީއެމްއެޗްގައި މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 ޖެހުމާ ހަމައަށެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހަރަކާތަކީ ކޮންމެ އަހަރަކުވެސް އެ ހޮސްޕިޓަލުން ބާއްވާ ހަރަކާތެއް ކަމަށާއި އަދި، ލޭ ހަދިޔާ ކުރަން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ ލެބޯޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ އެ ހާއްސަ ޕްރޮގްރާމަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ ގޮތް ހެދުމަށެވެ.