ފަލަކީ ހިސާބުތަކުން ދައްކާގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ބަލާއިރު މިއަދުގެ އިރު އޮއްސުމުގެ ފަހުން މުސްލިމް އެއްވެސް ގައުމަކަށް ހަނދުފެނުމުގެ ފުރުސަތެއް ނޯންނާނެކަަމަށެވެ.

އެހެންކަމުން ފަލަކީ ގޮތުން ބަލާއިރު 1440 ވަނަ އަހަރު (މިއަހަރު)ގެ ރަމަޟާން މަހުގެ ފުރަތަމަދުވަހަކީ 06 މެއި ވާ ހޯމަދުވަސް ކަމަށް މައުމޫންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ކަލަންޑަރުގައި ވާގޮތުން ވެސް މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.  ރައީސް މައުމޫންގެ ޓްވީޓު ނިންމާލަމުން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.

ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ދިގު ތިރީސް އަހަރުގެ ބާނީ، ރައީސް މައުމޫނަކީ ފަހަކީ އިލްމަށް ދޯޅަ އެކަން ދަންނަ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *