މި މަހުގެ 24 ގައި ރިލީޒް ކުރަން ނިންމާފައިވާ އަރުޖުން ކަޕޫރްގެ އާ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް ބިނާކޮށްފައިވަނީ އިންޑިއާގެ ނުރައްކާތެރި ކުށްވެރިޔަކު ހޯދުމަށް އިންޓެލިޖެންސް އޮފިސަރުންތަކެއް ކަޑިބަޑީގެ ބޭނުން ނުކޮށް ހިންގާ އޮޕަރޭޝަންތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމްއިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގައި އަރުޖުން ފެނިގެންދާނީ ވަރަށް ސީރިޔަސް ކެރެކްޓައެއްގެ ގޮތުގައެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެނެސް ދިން ރާޖްކުމާރު ގުޕްތާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *