ރޯދަމަހަށް ހާއްސަކޮށްގެން މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނަށް މާހެފުމެށް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު  މެލޭޝިއާ ގަޑިން ހަވީރު 5 އިން ރޭގަނޑު 7 އަށް މާހެފުން އޮންނާނެ ކަމަށެވެ. އަދި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ކުއަލަ ލަމްޕޫރުގައި ހުންނަ މެނަރަ ސީ ހޮއި ޗާން ޕްލާޒާގެ 10 ވަނަ ފަންގިފިލާ ނުވަތަ އެމްބަސީ އޮފީހުގައި ކަމަށެވެ.

އެމްބަސީން ވަނީ އެ މާހެފުމަށް މެލޭޝިއާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ދައުވަތު ދީފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން އެ މާހެފުމުގައި ބައިވެރިވުމަކީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އެދުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *