އެމެރިކާގެ ސްޓޭޓެއްކަމަށްވާ، ފްލޯރިޑާގެ ސްކޫލްތަކުގެ ޓީޗަރުންނަށް ކްލާސްރޫމް ތެރޭގައި ބަޑިގެންގުޅުމުގެ ހުއްދަ ދިނުމުގެ ބިލެއް ކަމާބެހޭ ފަރާތްތަކުން ފާސްކުރުމުން، ކްލާސްރޫމްތަކުގައި ބަޑިގެންގުޅުން ހުއްދަވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
އެ ސްޓޭޓްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން މިކަމަށް ހާއްސަ ތަމްރީނުތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. 144 ގަޑިއިރުގެ މި ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު ޓީޗަރުންނަށް ކްލާސްރޫމްގައި ބަޑި ހިފައިގެން އުޅުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ކްލާސްރޫމުގައި ޓީޗަރުންނަށް ބަޑިގެންގުޅުވޭ ގޮތައް ނިންމަން މަސައްކަތް ކުރަމުން ދާ މައިގަނޑު ސަބަބަކީ، މީގެ ކުރިން ސްކޫލުގައި އުޅުނު ކުއްޖަކު ސެމި-އޮޓޮމެޓިކް ރައިފްލް އެއް (ބަޑިއެއް) ހިފައިގެން އައިސް ޕާކް ލޭންޑްގެ ސްކޫލެއްކަމަށްވާ 'މާރޖޮރީ ސްޓޯންމޭން ޑޫގްލަސް ހައި ސްކޫލް'ގައި ބަޑިޖަހައި 17 މީހުން މަރައި، 17 މީހުން ޒަހަމް ކޮށްލުމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނޭޝަނަލް ރައިފްްލް އެސޯސިއޭޝަން ބަހުސް ކުރި މައުލޫއަކީ، ބަޑިއެއް ގެންގުޅޭ ޓީޗަރަކަށް ކިޔަވާ ކުދިން ދިފާއު ކުރުމުގައި މާ ފަސޭހަވާނެކަމަށާއި ގިނަ މީހުން މަރުވާން ދިމާވާ ހާލަތްތަކުގައި ދެކޮޅަށް ހަރަކާތްތެރިވެވޭނެ ކަމަށެވެ.