އެޗްބީއޯ އިން ގެނެސްދޭ ޖޯޖް އާރ.އާރ މާޓިންގެ ސިލްސިލާއެއްކަމަށްވާ ގޭމް އޮފް ތްރޯންސްގެ މި ސީޒަންގެ ފަސްވަނަ އެޕިސޯޑު ވެގެންދާނީ ވަރަށް ބޮޑު އަދި ފޯރިގަދަ އެޕިސޯޑަކަށް ކަމަށް އެ ސިލްސިލާގެ އިސް ބަތަލާއެއްފެ ދައުރުއަދާކުރަމުން ދާ ތަރިއެއް ކަމަށްވާ، އިމީލިޔާ ކްލާކް (ޑެނޭރިސް ޓާގޭރިއަން) ބުނެފިއެވެ.
އިމީލިޔާ ކްލާކް މިހެން ބުނީ އިހަށް ދުވަހެއްގައި "ޖިމީ ކިމެލް ލައިވް" ޝޯވްއަށް އަރައި ދިން އިންޓަރވިއުއެއްގައެވެ. އިމީލިޔާ ބުނިގޮތުން އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހުގައި ނިކުތް އެޕިސޯޑު ކަމަށްވާ، 'ދަ ލޯންގް ނައިޓް'އަށް ވުރެ މާ ބޮޑު އަދި ޝައުގުން ފުރިފައިވާ އެޕިސޯޑަކަށް އެޕިސޯޑު 5 ވެގެންދާނެކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގައި ނެރުނު އެޕިސޯޑުގައި 'ވިންޓަރފެލް'ގައި ކުރި ހަނގުރާމައަކީ ޝޫޓު ކުރަން 55 ރޭ ނެގި ހަނގުރާމައަކަށް ވެފައި، ގޭމް އޮފް ތްރޯންސް ފެށުން އިރުއްސުރެ އެންމެން އެ ހަނގުރާމައަކަށް އިންތިޒާރުކުރަމުން އައި، ވަރުގަދަ ހަނގުރާމައެކެވެ. އެންމެންވެސް އެ ހަނގުރާމަ ސިފަކުރަމުން ދިޔައީ ވަރަށް ވަރުގަދަ އަދި ބޮޑު ތެޅުންގަނޑެއްގޮތުގައެވެ.
ނަމަވެސް އިމީލިޔާ އެޕިސޯޑު 5 މި އެޕިސޯޑަށްވުރެވެސް ބޮޑު އެއްޗެއްގެ ގޮތުގައި ސިފަކުރުމުން އެންމެން ތިބީީ އެ އެޕިސޯޑު ބެލުމަށްޓަކައި ކެތްމަދުވެފައެވެ.
"އެޕިސޯޑު 5 މާ ބޮޑު" އިމީލިޔާ ބުންޏެވެ. " އެޕިސޯޑު 5 އަކީ [ފުން ނޭވާއެއް]- މި ބުނީ ހަތަރެއް، ފަހެއް، ހައެއް، މި ހުރިހާ އެޕިސޯޑުތައްވެސް ވަރަށް ވަރުގަދަ. އެކަމަކު (އެޕިސޯޑު 5)... ހޯދުނު އެންމެ ބޮޑު ޓީވީއެއް ހޯދާ" އިމީޔާއާ ބުންޏެވެ.
އިމީލިޔާ މިވާހަކަ ބުނި އިރުގައި އިނީ ވަރަށް 'އެގްޒައިޓް' ވެފައެވެ. އިމީލިއާ ވަނީ އެޕިސޯޑު ފަހެއް ބެލުމަށްޓަކައި ހޯދުނު އެންމެ ބޮޑު ޓީވީއެއް ހޯދުމަށް އިލްތިމާސްކޮށްފައެވެ. ފޭނުން ލަފާކުރާ ގޮތުގައި މި އެޕިސޯޑު ވެގެންދާނީ އަސްލު "ގޭމް އޮފް ތްރޯންސް" ނުވަތަ އަޔަން ތްރޯން ހޯދަން ކުރެވޭ ހަނގުރާމައަށެވެ.
ގޭމް އޮފް ތްރޯންސްގެ 7 ސީޒަން އެއްކޮށް ނިމިފައިވާއިރު މިހާރު ދައްކަމުން ގެންދަނީ 8 ވަނަ އަދި އެންމެ ފަހު ސީޒަންއެވެ. މި ސީޒަންގެ މިހާރު ނިކުމެފައި އޮތީ ތިން އެޕިސޯޑެވެ. މި އަންނަ އާދިއްތަ ދުވަސް (މާދަމާ) ނެރޭނީ 4 ވަނަ އެޕިސޯޑެވެ.