މިނިވަން ނޫސްވެރިކަމަކާއި ނުލާ ޤައުމަކަށް ދިރުމެއް ނާންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ގައުމެއް ޑިމޮކްރެސީއަށް ވާސިލުވުމަށްޓަކައި އެންމެ މުހިންމު އެއް އަސާސަކީ ނޫސްވެރިކަން. ހަގީގަތަކީ މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ. ގައުމަކަށް ހަމަޖެހުމެއްވެސް ނާންނާނެ،" ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، ރާއްޖޭގެ ނޫސްވެރިން، ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންގެ މަސައްކަތުން ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުވެގެންދާކަމަށެވެ. އަދި ރައްޔިތުންނަށް އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ނޫސްވެރިންގެ ރޯލު ބޮޑުކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވީހާވެސް ތެދުވެރިކަމާއެކު އަބަދުވެސް ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ނައިބުރައީސް ވަނީ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ނޫސްވެރިން ތިއްބެވި ސާބިތުކަންމަތީ މަސައްކަތް ކުރުމުގައި ދެމިތިއްބެވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ސިލްތިމާސް ކުރެއްވި އެވެ.

ރައީސްގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭކަމަށެވެ. އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާ ވިދާޅުވީ އުންމީދު ކުރައްވަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *