މި މަހުގެ 17 ގައި ރިލީޒް ކުރާ "ދޭ ދޭ ޕިޔާރު ދޭ" ލަވަތަކުގެ ތެރެއިން ހަތަރު ވަނަ ދައްކާލައިފި އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުންނަ އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އަކީ ދުވަސްވީ ފިރިހެނަކާއި ޒުވާން އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް މަޖާ ގޮތަކަށް ކިޔައި ދޭނެ ފިލްމެކެވެ. މީގެ ކާސްޓުން ތައްބޫ ވެސް ފެނިގެން ދާނެ އެވެ.
އަޖޭ ދޭވްގަން އަކީ ކުރިންވެސް ވަރަށް މަޝްހޫރު ވެގެން ދިޔަ ފިލްމު ތަކެއް ކުޅެފައިވާ ތަރިއެކެވެ. ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ވެސް ހޯއްދާފައިވާ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓްގައި ހިމެނޭނެ ތަރިއެކެވެ.