ޚަބަރު
އުރީދޫގެ “ހަދިޔާފޮށި” ގެ ނަސީބުވެރިން ހޮވައިފި

މިއަހަރުގެ ރަމަޟާންމަހު އުރީދޫގެ ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ ހަދިޔާ ފޮށީގެ އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު އެޕަލް ވިޝަން ޕްރޯ ލިބުނު ފަރާތަށް ވަނީ އިނާމް ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ވަނީ ނަސީބުވެރި ކަސްޓަމަރުންނަށް ހަދިޔާކޮށްފަ އެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް ވެސް މިއަހަރުގެ ހަދިޔާފޮށީގައި ހިމަނިފައިވާކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާ، އަދި މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އައު ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރި ކަމެއްކަން ނިޔާޒު ފާހަގަކުރައްވާފަ އެވެ.

މިއީ އުރީދޫން ހަދިޔާ ފޮށި ހަރަކާތް ކުރިއަށްގެންދިޔަ 2 ވަނަ އަހަރެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top