އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްވުމާއި ގުޅިގެން  މިއަދު ހޮސްޕިޓަލް ދޮށަށް އެއްވެ ރައްޔިތުން އަޑު އުފުލައިފިއެވެ.

މިއަދު ހަވީރު ހިތަދޫ ހޮސްޕިޓަލް ދޮށަށް އެއްވި މީހުން ވަނީ ހޮސްޕިޓަލުގައި ހުރި މައްސަލަތައް ފާހަގަކޮށް ލިޔުންތައް ހިފައިގެން ތިބެ އަޑު އިހްތިޖާޖުކޮށްފައެވެ. 

އެއްވުމުގެ ބައިވެރިން ވަނީ ހިތަދޫ ހޮސްޕިޓަލުގެ އިސްވެރިންނާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހޮސްޕިޓަލް ދޮށަށް އެއްވެ އާއްމުން ޝުއޫރު ފާޅުކުރިއިރު، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އެއްވުމުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނެގެސްދޭނެ ކަމަށް ވިދާޅުވެފައެވެ.

ހިތަދޫ ހޮސްޕިޓަލްގެ ހާލަތު ދަށްވެފައިވާއިރު އެ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ވަނީ ހަތަރު މަސް ދުވަސް ވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *