ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަމުގެ ސަބަބުން އެތަކެއް ސިއްހީ ގެއްލުމެއް ލިބޭ ކަމެކެވެ. ހާރޓް އެޓޭކު ޖެހުމާއި، ފުއްޕާމޭ ހަލާކުވުމާއި، ކިންޑީގެ ބަލިތަކާއި މިހެންގޮސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާ ކޮޅު ނުފެންނާނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައިވެސް ވަރަށް ގިނައެވެ. ދުންފަތާއި ދުރުވުމަށް ކުރެވިދާނެ އެތަކެއް ކަމެއް އެބަހުށްޓެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވެވިދާނެ ބައެއް ގޮތްތައް ތިރީގައި އެވަނީއެވެ.

  • ތާރީޚެއް ކަނޑައެޅުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި  އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.
  • ގިނަގިނައިން ފެންބުއިން: ގިނައިން ފެންބުއިމަކީވެސް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވެވޭނެ ކަމެކެވެ. މިގޮތުން ފެނާއި އެކު އޮރެންޖް ފޮއްޗެއް ނުވަތަ ލިބޯ ފަޅިއެއް ފެން ބޯ އިރު ބޭނުންކުރެވިދާނެއެވެ.
  • މަގުފަހިކުރާ އާލަތްތައް ނައްތާލުން: އަޅިކެނޑި، ނުކަޑައި އޮތް ސިގިރޭޓް ފޮށި، ލައިޓަރު އަދި އަލިފާން ފޮށި ފަދަ ތަކެތި އުކާލެވިދާނެއެވެ.
  • ޕޮޒިޓިވް ކޮށް ވިސްނުން: ދުންފަތުގެ ހުއްޓާލުމާއި ގުޅިގެން ކުރީކޮޅު ބޮލުގައި ރިހުން، ކަރުތެރެ ފާރުވުން، އަދި އެހެނިހެން ބައެއް އުދަގޫތަކާއި ކުރިމަތިވެއެވެ. ނަމަވެސް މިކަންކަމަކީ ދެހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މުޅިން ފިލައިގޮސް ރަގަޅުވާނެ ކަންކަމެވެ.
  • ހަރަކާތްތެރިވެ އުޅުން: ހަރަކާތްތެރިވެ އުޅުމުގެ ސަބަބުން ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. އުސްއިމާރާތެއް ފަދަ ތަނަކަށް އިރު ލިފްޓްގެ ބަދަލުގައި ސިޑި އިޚްތިޔާރު ކުރާށެވެ. އަދިފެތުމާއި ދުވުން ފަދަ ކަންތައްވެސް ކުރެވިދާނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *