ޤުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ޅ އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓު އެލާރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ވައިޓް އެލާރޓް ނެރެފައިވަނީ މިރޭ 21:45 އިން މާދަމާ 3:00 އަށް ކަމަށެވެ.
އަދި އެލާރޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.