ގދ. ރަތަފަންދޫގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން އެރަށު ރައްޔިތުންނަށް ހާއްސަ މާހެފުމެއް ދީފިއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް، ހަސަން މޫސާ ވިދާޅުވީ، އެރަށުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން ރަށު ރައްޔިތުންނަށް ރޯދައަށް ހާއްސަކޮށްގެން މާހެފުމެއް ދެމުން ދާ ކަމަށެވެ.

އެރަށު ކައުންސިލްގެ ނައިބުރައީސް އިތުރަށް ވިދާޅުވީ، އެ މާހެފުން ދެނީ ހުރިހާ މުއްސަސާތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހަރަދުގައި ކަމަށެވެ. މިރޭ 20:00 ގައި ފެށި އެ މާހެފުމުގައި މިހާތަނަށް 40 ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އެ މާހެފުން މިރޭ 23:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެރަށު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *