ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ކުރައްވަނީ ވަރަށްވެސް މަސްއޫލިއްޔަތު ބޮޑު، ބުރަ މަސައްކަތެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުން މިދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެޕާޓީން  ނެރުނު ނޫސް ބަޔާނުަގއި ބުނެފައިވާ ގޮތުގައި، ޑިމޮކްރެސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިން ކަމަށްވީހިނދު، ދިވެހިރާއްޖޭގައި ޅަފަތުގައި މިއޮތް ޑިމޮކްރެސީ ނިޒާމް ފުރިހަމަ ގޮތުގައި ބައްޓަންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ނޫސްވެރިންގެ ޒިންމާ ވަރަށްވެސް ބޮޑު ކަމަށާއި އަދި މިޒިންމާ ފުރިހަމައަށް އަދާކުރެވޭނީ ފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.

އަދި ޒިންމާދާރު ނޫސްވެރިކަމަކީ މި އަސާސްތަކުގެ ތެރެއިން ރައްޔިތުންނަށް ދެފުށްފެންނަ ތެދު މަޢުލޫމާތު ގެނެސްދިނުން ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ހެޔޮ ގޮތުގައި ހިފުމަށް ހުރިހާ ނޫސްވެރިންނަށް ގޮވާލައި ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޒިންމާދާރު ކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމުގައި ފުރިހަމަ ވަސީލަތްތަކާއި، ތަމްރީންގެ މުހިއްމުކަން ބޮޑު ކަމަށާއި އަދި އެހެންކަމުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިކަމުގެ ތަމްރީނާއި ތަރުބިއްޔަތު ދިނުމަކީ އިސްކަމެއްގެ ގޮތުގައި ހެއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ކަމަށެވެ.

ޕީއެންސީން ވަނީ، މިއަދު ފާހަގަކުރަމުން މިދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *