އެންމެ ކުޑަ އުޖޫރައެއް ނުވަތަ މިނިމަން ވޭޖު ކަނޑައެޅުމުން މާލޭގެ ތޮއްޖެހުން ކުޑަވެ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ އެމްޑީޕީގެ ރައީސް، ނަޝީދު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކުޑަ އުޖޫރައިގެ ސިޔާސަތުން ކާމިޔާބުވާނީ އެންމެ މަޤުސަދެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުންގެ އަގު ބޮޑުވެ، ދިވެހިންނަށް ވަޒީފާ އިތުރުވާނެ ކަމަށެވެ.

"އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުންގެ އަގު ބޮޑުވެ ދިވެހިންނަށް ވަޒީފާ އިތުރުވާނެ" ނަޝީދުގެ ޓްވީޓުގައިވެއެވެ.

ނަޝީދު ވިދާޅުވީ، މިނިމަން ވޭޖުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކަށް އެދޭ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އެހެން ސަރަހައްދުތަކުގެ ވަޒީފާ އިތުރުވެ މާލޭގެ ތޮއްޖެހުން ކުޑަވާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19ގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދުގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު މަސައްކަތްތެރިންގެ ދުވަހުގައި ވިދާޅުވީ، މިހާރު ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަކަމަކީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ރައީސް ޞޯލިހު ވަނީ އެކަމަށްޓަކައި "އެޑްވައިޒަރީ ބޯޑެއް" ވެސް މިމަހުގެ އެއްވަނަ ދުވަހު އެކުލަވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *