ޕީޕީއެމްގެ އަމާޒަކީ ނޫސްވެރިންނަށް އިންސާފުވެރިކަމާއި އެކު މަަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ނޫސްވެރިންނަށް އިންސާފުވެރިކަމާއި އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ ޕީޕީއެމްގެ އަމާޒެއްކަމަށެވެ.
ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގައި ދާއިރާއަށް އަގުހުރި ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި ހިދުމަތް ކޮށްދެއްވަމުންގެންދެވާ ފަރާތައް ފާހަގަކޮށް އެ ފަރާތްތަކުގެ އަގުވަޒަން ކުރާކަމަށާއި، ޕީޕީއެމްއިން އަބަދުވެސް ދެކޭގޮތުގައި ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދިވެހި ނޫސްވެރިންނަކީ މިނިވަން މާޙައުލެއްގައި މަސައްކަތްކުރަން ޖެހޭނެ ފަރާތްތަކެއް ކަމަށް ދެކޭ ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ، އެ ޕާޓީގެ ފަރާތުން ދިވެހި ނޫސްވެރިންނަށް ހަމަހަމަ އަދުލުވެރި ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި އަބަދުވެސް މަސައްކަތްކުރާ ކަމަށާއި، ތަފާތު ކުރުމެއްނެތި ދިވެހި އެންމެހާ ނޫސްވެރިންނަށް އެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދިވެހި ރާއްޖޭގައި ޤާއިމްވެފައިވާކަން ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ފާހަގަވެފައިވާއިރު، މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި އަދުގެ ސަރުކާރުން މަސައްކަތް ކުރޭތޯ އެ ޕާޓީއިން ފާރަވެރިވެ މަސައްކަތް ކުރާނެ ކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ޕީޕީއެމުން ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގައި ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ކިޔުއްްވާފައެވެ.