ޚަބަރު
ޓެރިފް ހުރަސްތައް ކުޑަކޮށްގެން ރާއްޖެއާއި ތުރުކީ ދެމެދު ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

ޓެރިފް ހުރަސްތައް ކުޑަކޮށްގެން ރާއްޖެއާއި ތުރުކީ ދެމެދު ވިޔަފާރި ކުރެވޭ ގޮތް ހަދައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ިއިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުރުކީ ސަރުކާރާއެކު ޕްރިފެރެންޝިއަލް ޓްރޭޑް އެގްރީމަންޓެއް ހެދުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ، ކޮންސެޝަނަލް އިމްޕޯޓް ޓެރިފް އާއި ރެޑިއުސްޑް ނޮން ޓެރިފް ހުރަސްތައް ކުޑަކޮށްގެން ދިވެހި އެކްސްޕޯޓަރުންނަށް ތުރުކީ މާކެޓަށް ވަދެވޭނެ ގޮތް މަގުފަހި ވެއްޖެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މި ކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ  އިއްޔެ އިކޮނޮމިކް މިނިސްޓްރީއަށް ވަޑައިގަތް ތުރުކީ ވަފުދަކާއިއެކު ބޭއްވި ތުރުކިއްޔޭ  – މޯލްޑިވްސް ޕްރިފެރެންޝިއަލް ޓްރޭޑް އެއްބަސްވުމުގެ ދެވަނަ ބުރުގެ މަޝްވަރާ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ތުރުކީއާއިއެކު ކުރިއަށްދާ ފްރީ ޓްރޭޑް އެރޭންޖްމެންޓްގައި ރާއްޖެއިން 214 އެކްސްޕޯޓް އައިޓަމަކަށް 0 އިންސައްތަ ގައި ތުރުކީއަށް އެތެރެ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ދިވެހި ސަރުކާރުން ތުރުކޫ ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ.

މީގެ އިތުރަށްވެސް މިނިސްޓަރު ސައީދު ވަނީ “ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް” ވަރަށް އަވަހަށް އެކްޓިވް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރާއްޖެއާއި ތުރުކީއާއި ދެމެދު ވިޔަފާރީގެ މުއާމަލާތް ކުރެވެން ފެށީ މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުން ވަނީ އެކި އެކި ވިޔަފާރީގެ އެެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އޭގެ ދަށުން ތުރުކީން ވަނީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް އެއްބަސްވެފަ އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top