ވެމްކޯގެ ކުނި އުފުލައި ބާޖެއް ހުޅުމާލޭ ޖެޓީ ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:30 އެހާއިރު، ހުޅުމާލޭގައި އިންނަ ވެމްކޯގެ ކުނި ބާޖްތައްް ގާތްކުރާ ޖެޓީ ކައިރީގައި އަޅާފައި އޮތް ދޯންޏެއްގެ ކުރީކޮޅު މައްޔަލުގައި ވެމްކޯގެ ބާޖަކުން ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ވެމްކޯގެ ކުނި ބާޖު ޖެހުމުގެ ސަބަބުން އެ ދޯނީގެ ކުރި މައްޔަ ވަނީ ބިންދައިގެން ގޮސްފައި ކަމަށެވެ.
އެ ހާދިސާ އާއި ބެހޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހިއްސާކޮށްްފައި ނުވާއިރު ފުލުހުން މިހާރު ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.