ސާދަ ސަތޭކަ ސާޅީން ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން 43 ޙާފިޡަކު ރާއްޖެ ގެނެސްފިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޯޑިނޭޓަރު، އިސްމާއިލް އަފްރާހް ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ތަރާވީޚް ނަމާދުކުރުމަށް ގެނައި ޙާފިޡުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 42 ހާފިޒެއްގެ އިތުރުން ޕާކިސްތާނުން ގެނައި ޙާފިޡެކެވެ. އަދި މިހުރިހާ ޙާފިޡުންވެސް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޕާޓީއިން ބުނެއެވެ.

"މިހާރު ރަށްތަކަށް ފޮނުވިފައިވަނީ 16 ޙާފިޡުން. ނުފޮނުވި ތިބި ޙާފިޡުންވެސް ވަރަށް އަވަހަށް ރަށްތަކަށް ފޮނުވޭނެ" އަފްރާހް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައެވެ.

އަދާލަތު ޕާޓީއިން ޙާފިޡުން ގެންނަނީ އަދާލަތު ޕާޓީއަށް ޙާފިޡުން ގެންނަން ބޭނުންވާ ރަށްތަކުގެ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުން އެ ފައިސާ ދެއްކުމުންނެވެ. އެގޮތުން ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު އަދާލަތުން ނަގާފައި ވަނީ 24،900 (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާއެވެ.

މިއަހަރު އަދާލަތު ޕާޓީއިން ޙާފިޡުން ފޮނުވާފައިވަނީ އަތޮޅު ތެރޭގެ 40 ރަށަކަށެވެ.

އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިންވެސް ވަނީ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *