ކުޅިވަރު
އެންޑްރިކްއާއި އޭނާގެ ލޯބިވެރިޔާ އަސްލަށްވެސް “ލޯބީގެ ކޮންޓްރެކްޓެއް”ގައި ސޮއިކޮށްފި

ފުޓްބޯޅައިގެ ދުނިޔޭގައި ކޮންޓްރެކްޓަކީ ގައިމުވެސް މުހިންމު މުއާމަލާތެކެވެ. ކޮންމެ ދުވަހަކުވެސް އެކި ކުޅުންތެރިންގެ ކޮންޓްރެކްޓްތަކުގެ ހަބަރުތައް އެކި ނޫސްތަކުން ޖާގަ ހޯދަ އެވެ. އަދި އޭގެ ތަފްސީލުތަކާއި އެއަށް އަންނަ އުނި އިތުރުތައް ރިޕޯޓްކުރެ އެވެ. ނަމަވެސް މިފަހަރު މި ބަލާލަނީ ފުޓްބޯޅަ ކުޅުންތެރިއަކާއި އޭނާގެ ލޯބިވެރިޔާއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ މައްޗަށެވެ. އެކަމަކު ދައްކަން މި އުޅެނީ އެދެމީހުންގެ ކެރިއަރާއި ގުޅުންހުރި ކޮންޓްރެކްޓެއްގެ ވާހަކައެެއް ނޫނެވެ. ދެމަފިރިންނެއް ޖަވާޒީ ހަޔާތެއް ފެށުމުގެ ކުރިން ޕްރީ ނުޕްޝަލް އެގްރީމެންޓެއްގައި ސޮއިކުރާ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. އެހެން ނަމަވެސް ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކްއާއި އޭނާގެ ލޯބިވެރިޔާ ގެބްރިއޭލާ މެންޑީ، ގާނޫނީ ގޮތުން ބަލައިގަނެވޭ “ލޯބީގެ އެގްރީމެންޓެއް”ގައި ސޮއިކޮށްފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އަޖައިބުކުރުވަނިވި ހުލާސާއަކާއި އެއްކޮށެވެ.

މި ކޮންޓްރެކްޓްގައިވާ ބައެއް މާއްދާތައް ވަނީ ރިޕޯޓަރުންގެ ޝައުގުވެރިކަން ދަމައިގެންފަ އެވެ.

ލޯބިވެރިޔާ ގެބްރިއަލް މިރާންޑާއާ އެކު ޕޮޑް ޑެލާސް ކިޔާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ވަރަށް އަވަހަށް ރެއާލް މެޑްރިޑަށް ކުޅެން އުޅޭ ފޯވާޑް, އެންޑްރިކް ބުނީ އެދެމީހުންގެ މެދުގައި “ކޮންޓްރެކްޓެއް” އެކުލަވާފައިވާ ކަމަށެވެ. އޭގެ ދަށުން ވަކި ބަސްތަކެއް ބޭނުންކުރުން، ‘އަދަބުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުން’ ހިމެނޭ ގޮތަށް ބައެއް ކަންކަން މަނާކުރުން ހިމެނޭ ކަމަށް އެންޑްރިކް ކިޔާދިނެވެ. ވަކި ކަންކަމަށް އެޑިކްޓް ނުވުމަށް އަންގާ މާއްދާއެެއްވެސް ހިމެނިފައި ވެއެވެ. އަދި ވީހާވެސް ގިނައިން އެކަކު އަނެކަކަށް ‘އައި ލަވް ޔޫ’ އޭ ބުނަން މި ކޮންޓްރެކްޓުން ލާޒިމް ކުރެ އެވެ.

އުމުރުން 17 އަހަރުގެ އެންޑްރިކް އާއި އުމުރުން 21 އަހަރުގެ މޮޑެލް ގެބްރިއެލާގެ ލޯބީގެ ގުޅުން އާންމުންގެ ލޮލުގައި އަޅައިގަތީ މާޗް މަހު ސްޕެއިން އަތުން އޭނާގެ ގައުމުން މޮޅުވި މެޗުގައި ގޯލު ޖެހުމަށް ފަހު އެންޑްރިކް ބާނާބޭއުގެ ސަޕޯޓަރުންގެ ތެރެއަށް ގޮސް ގެބްރިއޭލާއަށް އޭނާގެ ލޯބި ހާމަކުރި މަންޒަރުން ނެވެ.

އެއާއެކު، އެންޑްރިކްގެ ކޯޗް ވަނީ އޭނާގެ ކެރިއަރަށް ދޭ ސަމާލުކަން އިތުރުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

“އަހަރެން އުންމީދު ކުރަން ފުޓްބޯޅައިން ބޭރުގެ ކަންކަމަށް އޭނާ ގެއްލިގެން ނުދާނެ ކަމަށް، އެއީ ނަސޭހަތެއް. އޭނާ ސަމާލުކަން ދޭންވީ މި ނަސޭހަތަށް. މަތީ ފެންވަރަށް ވާސިލްވާން ބޭނުންނަމަ ކޮންމެހެން ބޭނުންވާ ކަންކަމަށް ފޯކަސް ކުރަން ޖެހޭނެ”

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top