ދުޢާ އަކީ މުސްލިމުންނަށް ލިބިގެންވާ މަތިވެރި ހަތިޔާރެކެވެ. މާތްﷲ އީ ގިނަގިނައިން ދުޢާ އިޖާބަކުރައްވާ ރަަސްކަލާނގެއެވެ.

އާންމު ދިރިއުޅުމުގައި އުޅޭއިރު ބައެއް ފަހަރު ގެންގުޅޭ އެއްޗެއް ލެވުންތަން ހަނދާން ނެތިގެން ނުވަތަ އެއްޗެއް ގެއްލިގެން އުޅެން ޖެހެއެވެ. އެހެންކަމުން ގެއްލިފައިވާ އެއްޗެއް ހޯދުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީވެސް ދުއާއެވެ.

އެއްޗެއް ގެއްލިގެން އުޅޭ މީހާ ކިޔުމަށް އިބްނު އަބީޝައިބާ އެކަލޭގެފާނުގެ އަލްމުޞައްނަފްގައި އަދި އައްޠަބަރާނީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ. "އެމީހެއްގެ އެއްޗެއް ގެއްލިއްޖެ މީހާ ވުޟޫކޮށް ދެރަކްޢަތް ނަމާދެއް ކުރާށެވެ. އަދި އައްތަޙިއްޔާތަށް ފަހުގައި ކިޔާށެވެ."

ގެއްލުނު އެއްޗެއް ހޯދުމަށް ކުރާނެ ދުޢާ

“بِسْمِ اللهِ يَا هَادِيَ الضَّلَالِ وَرَادَّ الضَّالَّةِ اُرْدُدْ عَلَيَّ ضَالَّتِيْ بِعِزَّتِكَ وَسُلْطَانِكَ فَإِنَّهَا مِنْ عَطَائِكَ وَفَضْلِكَ”

މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ. މަގުގެއްލިފައިވާ މީހުންނަށް ހިދާޔަތް ދައްކަވާ އިލާހެވެ. އަދި ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރި ކޮށްދެއްވާ އިލާހެވެ. އިބަ ﷲ ގެ ޢިއްޒަތާއި ގަދަކީރިތި ވަންތަ ކަމާއި އެކު މިއަޅާގެ ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެ ގޮތް މެދުވެރިކޮށް ދެއްވާފާންދޭވެ. ހަމަކަށަވަރުން، އެތަކެއްޗަކީ އިބަ ﷲ ގެ ދީލަތިވަންތަ ދެއްވުންތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ."

އިމާމް އަލްޙާކިމް ވިދާޅުވެފައިވެއެވެ. އިސްވެދިޔަ ޙަދީޘްގެ ރާވީންނަކީ މަދަނީ (މަދީނާ) ގެ އިތުބާރު ހިފޭ ބޭފުޅުންނެވެ. އެއިން އެއްވެސް ބޭފުޅަކާއި މެދުގައި ޖަރަޙައިގެ ބަހެއް އައިސްފައި ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *