އެމްއެންޑީއެފް އޮފިސަރުން ---- ފައިލް ފޮޓޯ

ގޮވާ ޒާތުގެ ތައްކެއްޗާއި އެކު މާލެ އަދި ހުޅުމާލޭގައި ސިފައިންގެ ތަމްރީނު ޕްރޮގްރާމް ތަކެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީނުތަކެއް 2019 މެއި 05 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް މާލެ އަދި ހުޅުމާލެގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރި ވާނެ ކަމަށާއި، އަދި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

ލަންކާއަށް ނިރުބަވެރިން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހި ރާއްޖެއަށް ވެސް އެފަދަ ހަމަލާތަކެއް އަމާޒު ވެދާނެ ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން ވަނީ ބުނެފިއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *