ޤުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ނ. އަތޮޅުން ފެށިގެން، ވ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓު އެލާރޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓުން އެ ސަަރަހައްދަށް ނެރެފައިވާ އެލާރޓް ހަމަވާނީ މިރޭ 20:00 ގައެވެ.

މެޓުން ބުނީ އެލަރޓް ނެރެފައިވާ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ނަމަވެސް އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *