ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ނަމާދަކީ ބަލިތަކަށްވާ ޝިފާއެކެވެ. އެއީ އަޅާއާއި ﷲ އާއި ކުއްތަން ކުރުވާ މަތިވެތި އަޅުކަމެކެވެ. ނަމާދު އަޅައިފައި ކުރާ އެއްވެސް ކަމެއް ﷲ ސުބްޙާނަހޫ ވަތައާލާ ޤަބޫލު ނުކުރައްވާނެ ކަމަށް ރަސޫލާ صلى الله عليه وسلمގެ ނަބަވީ އިރުޝާދު ތަކުން ހާމަވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާގައިވެއެވެ.

"އަސްރު ނަމާދު އަޅައިފިމީހާގެ އަމަލުތައް ބާތިލްވެއްޖެކަން ކަށަވަރެވެ."

ނަމާދު އޭގެ ވަގުތުގައި ކުރުމަކީ މާތްﷲ އެންމެ ބޮޑަށް ލޯބިކުރައްވާ އެއް ކަންތަކެވެ. އެއީ ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެވެ. 

އިބްނު މަސްއޫދު ރަސިޔަﷲ އަންޙް ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަން ސުވާލު ދެންނެވީމެވެ. ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟ އެހިނދު ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ"

ނަމާދަކީ އެއާއި މެދު ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލު ކުރެވޭނެ ކަންތަކަށް ވީ ހިނދު ނަމާދު އޭގެ ވަގުތުގައި އަދާކޮށް، ނަމާދު ކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *