ސްޓޭޑް ޓްރޭޑިންގް ރޯގައިޒޭޝަން، އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިކަން ހާމަކޮށް, އެސްޓީއޯއިން ބުނެފައިވަނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11 ރުފިޔާ 49 ލާރިއަށް ކަމަށެވެ. މިއީ ކުރިން ޕެޓްރޯލް ވިއްކާ އަގަށްވުރެ 70 ލާރި އިތުރު އަދަދެކެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު 12 ރުފިޔާ 11 ލާރިއަށް ވަނީ ބަދަލުކޮށްފައެވެ. މިއީ ކުރިން ޑީސަލް ލީޓަރެއް ވިއްކި އަގަށްވުރެ 50 ލާރި އިތުރު އަދަދެކެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި ތެލުގެ އަގުތަކަށް މި ބަދަލު ގެންނަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އެ ކުންފުނިން ތެޔޮ ގަންނަން ކުރަން ޖެހޭ ޙަރަދު ބޮޑުވުމުން ކަމަށެވެ.

އެސްޓޯއޯއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ކުރީކޮޅުން ފަށައިގެން ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައިވަނީ 30 އިންސައްތަ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *