އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަކަށް އެ ޕާޓީގެ ކައުންސިލް މެމްބަރު، އާމިނަތު ލަޔާލް މަނިކު ހަމަޖައްސައިފި އެވެ.

ލަޔާލް އަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަނބަލެކެވެ. އެގޮތުން ލަޔާލް ވަނީ ސަންގު ޓީވީ އަދި ޗެނަލް 13 ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ލަޔާލް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަކަށް ހަމަޖެއްސި ކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ލަޔާލް ޕީޕީއެމްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވާއިރު ނިމިދިޔަ މަޖިލިސް އިންތިހާބުގައި މުލަކު ދާއިރާ އަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ޖުހައިނާ ސާދިގު ވަނީ އެޕާޓީގެ ޑެޕިއުޓީ ރަޖިސްޓްރާގެ މަގާމަށް އައްޔަނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *