ދިވެހިރާއްޖެއާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީއެއް އެމެރިކާއިން ނެރެފައިވަނީ އޮޅުމަކުން ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހެން ޝާހިދު ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން އަންނަނީ ޔޫއެސްގެ އެމްބަސީއާއި މި ކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. އަދި އެ ޓްރެވަލް އެޑްވައިޒަރީގައި ސީރިއަސް މައްސަލަތަކާއި އޮޅުންތަކެއް އުޅޭކަމަށާއި ޔޫއެސް އެމްބަސީއިން އަންނަނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތްކުރަމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު  އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުން ޓްރެވަލް އެޑްވައިޒަރީގައި ވަނީ ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތާއި، ދާޚިލީ ހަމަނުޖެހުންތައް އޮތުމުގެ ސަބަބުން ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ނަމަވެސް މި ޓްރެވަލް އެޑްވައިޒަރީ އިސްލާހުކޮށް މިހާރު ވަނީ އާ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *