ރަމަޟާން މަހަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ހިންމަފުށީގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހަކާއި މަސްދަޅު ކޭހެއް ދޭން ނިންމައިފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
ހިންމަފުށީގެ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުން، އެ ރަށުގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ބިސް ކޭހަކާއި މަސްދަޅު ކޭހެއް ދޭން ވަނީ ނިންމައިފައެވެ.
ޝާން އިބްރާހީމް އިތުރަށް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ކުކުޅު ކޭހެއް ދޭން ހަމަޖެހިފައިވަނީ ފިތުރު ޢީދު ހަދިޔާއަކަށް ކަމަށާއި އެއީ ފިތުރު ޢީދާއި ދިމާކޮށް ދޭނެ އެއްޗެއް ކަމަށެވެ. ޝާން އިތުރަށް ވިދާޅުވިގޮތުން ދޭން ހަމަޖެހިފައިވަނީ 1 ކިލޯގެ ކުކުޅު ހުންނަ ކޭހެކެވެ.
މިއަހަރުގެ ރޯދަމަހުގައި ގިނަ ރަށްރަށުގެ ކައުންސިލުން އަންނަނީ އެ ރަށްރަށުގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ރޯދަ ހަދިޔާ ހިލޭ ބަހަމުންނެވެ. މިއީ އެއްބައިވަންތަކަމާއި އަޚްވަންތަކަން ރަމްޒުކޮށްދޭ ވަރަށް ރިވެތި މިސާލެކެވެ.