މިއަދު ހަވީރުގެ ވަގުތެއްގައި ގއ.ވިލިނގިލީގެ ވިނަގަނޑެއްގައި ރޯވި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން މި ހާދިސާ ހިނގައިފައިވަނީ ގއ. ވިލިނގިލީގައި މިހާރު ހަދަމުންް ގެންދާ ވޯޓަރ ސަޕްލައި އަށް ޚާއްސަ އިމާރާތާއި ދިމާލުން އޮންނަ އަތިރި މަތީގައި ހެދިފައިހުރި ވިނަގަސް ތަކެއްގައެވެ. މި ހާދިސާ ހިނގައިފަވަނީ 17:09 ހާއިރުގައެވެ.
އަލިފާން ރޯވި ސަރަހައްދަށް ގޮސް ފުލުހުންނާއި ޢާންމު ރައްޔިތުން އަލިފާން ނިވާލުމަށް ކުރި މަސައްކަތުގެ ސަބަބުން 17:25 ހާއިރުގައި އަލިފާންގަނޑު ނިވާލެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި ހާދިސާއާއި ގުޅިގެން އެއްވެސް ފަރާތަކަށް އަދި އެއްވެސް މުދަލަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.