ހެންވޭރު ސަހަރާ ކައިރިން ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:50 ހާއިރު ފުލުހުން ހެންވޭރު ސަހަރާ އޮންނަ ސަރަހައްދު ޕެޓްރޯލު ކުރަމުން ދަނިކޮށް، އެތަނުން ދިޔަ މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައި ފާސްކުރި ކުރުމުގެ ތެރެއިން އެމީހާ އަތުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަަތަރު ފޯނާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ މަައްސަލައާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ މާލޭގައި ވެސް އަދި ރާއްޖެތެރޭގެ އެކި ހިސާބުތަކުގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް ގިނަ ދުވަސްވަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *