މޯލްޑިވްސް އިސްލާމިކް ބޭންކުގެ "ފައިސާ ކާޑު"ގެ ހިދުމަތް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ތައާރަފުކޮށްފި އެވެ.

މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އެ ހޮސްޕިޓަލުގެ ކަސްޓަމަރުނުންނަށް ދިނުމުގެ އެއްބަސްވުމުގައި، ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޑޭވިޑް ފެއިންބާރގް އެވެ. އަދި އިސްލާމިކް ބޭންކް (އެމްއައިބީ) ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ބޭންކްގެ ސީއޯއޯ އަހްމަދު ރިޒާ އެވެ.

މިއަދު ވެވިގެން މިދިޔަ އެއްބަސްވުމުގެ ސަބަބުން ޓްރީޓޮޕުގެ އިން-ޕޭޝަންޓުންނާއި އައުޓްޕޭޝަންޓުންނަށް އެމްއައިބީގެ ފައިސާ ކާޑު ބޭނުންކުރެވޭނެ އެވެ.

އަދި މިއަދު ޓްރީޓޮޕާއި އިސްލާމިކް ބޭންކު ގުޅިގެން މިއަދު ތައާރަފްކުރި ހިދުމަތުގެ ސަބަބުން އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ޓްރީޓޮޕުން ފަސޭހަކަމާއި އެކު ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ޓްރީޓޮޕުން ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްް ތަފާތު ހިދުމަތްތައް ތައާރަފްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *