މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ ދެ ގައިދީއެއްގެ ދެމެދުގައި މާާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 14:37 ގައި ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ މާރާމާރީގައި އެތަކުން 31ގެ މީހާގެ މޭގައި އަނެއް ބިދޭސީ މީހާ ފައިންޖެހުމުގެ ސަބަބުން އަނގައިން ލޭ އައިސްފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެމީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.