ދުނިޔެއިން މުޅިން ނެތިދާނެ ކަމުގެ ބިރު އޮތް ލިސްޓު، (އެންޑޭންޖާޑް ސްޕީސީސް)ގެ ތެރެއަށް ޒަރާފާ (ޖިރާފް) ގެ ދެ ވައްތަރެއްގެ ނަން އިތުރުކޮށްފިއެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޝަރ (އައިޔޫސީއެން) އިން ނެރުން ރިޕޯޓުތަކުން ބުނިގޮތުން ފާއިރުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައި މަންމަލި ޖަނަވާރުންގެ، (ގާތުން ކިރުދޭ ޖަނަވާރުންގެ) އަދަދުވަނީ %40 އަށް ދަށަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިން "އެންމެ އަޅާލުން ކުޑަކުރެވިފައިވާ" ޖަނަވާރުންގެ ލިސްޓުގައި ކުރިން ހުރި ޒަރާފާގެ ދެ ވައްތަރެއްގެ ނަން ވަނީ ދުނިޔެއިން މުޅިން ނެތިދާނެ ކަމުގެ ބިރު އޮތްް ޖަނަވާރުންގެ "ރަތް ލިސްޓަށް" އިތުރުކޮށްފައެވެ.

މި ލިސްޓުގައި އިތުރުކުރެވުނު ޒަރާފާގެ ދެ ވައްތަރަކީ ކޯޑޯފަން ޖިރާފް އަދި ނޫބިއަން ޖިރާފް އެވެ.

މި ކަންތައް ދިމާވި މައިގަނޑު ސަބަބަކީ އިންސާނުންގެ ކަންކަމާއި އާދަތައް ހުރިގޮތްތައްކަން ފާހަގަކުރެވެއެވެ.

ޒަރާފާގެ އިތުރު 7 ވައްތަރެއް އުޅެއެވެ. ނަމަވެސް އެ ހުރިހާ ވައްތަރެއްގެ ޒަރާފާތަކަށްވެސް ވަނީ އެ ޖަނަވާރުންގެ ގިންތި އިތުރުކުރުމަށް ބޮޑެތި ދަތިތަކެއް ދިމާވެފައެވެ. މި ގޮތުން އެފްރިކާގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ހަރަކާތްތަކާއި ބިން ކޮނުމުގެ މަޝްރޫއުތަކުގެ ސަބަބުން ޒަރާފާތަކަށް ދިރިއުޅުމުގައި އުނދަގޫތައް ކުރިމަތިވެއެވެ.

ޓީވީތަކުންނާއި ޒޫތަކުންނާއި އަދިވެސް އެހެނިހެން މީޑިއާތަކުން ޒަރާފާތައް ފެނިގެންދާއިރު ގިނަ މީހުންނަށް ނޭނގޭކަމަކީ ޒަރާފާގެ ވައްތަރުތައް އަންނަނީ ހަމަހިމޭންކަމާއެކު ދުނިޔެއިން ނެތިދަމުން ކަމަށް އައިޔޫސީއެން ގެ ކޯ-ޗެއަރ، ޑރ. ޖޫލިއަން ފެނެސީ ބުންޏެވެ.

ދިރާސާތަކުން ބުނިގޮތުގައި ޒަރާފާގެ ބޮލަށާއި އޭގެ ކަށިތައް ހޯދުމަށްޓަކައި ޝިކާރަކުރާ މީހުން އަންނަނީ ޒަރާފާ ހައްޔަރުކޮށް މަރަމުންނެވެ. 2010 ވަނަ އަހަރުގެ ދިރާސާތަކަކަކުން ދެއްކި ގޮތުގައި ޒަރާފާތަކުގެ ކޮންމެ ކަށްޓެއްގެ އަގުއުޅެނީ 140 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.

ޒަރާފާއަކީ މި ވަގުތުގައި ދުނިޔޭގައި ހުރި އެންމެ ދިގު ޖަނަވާރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *