މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓި، ހާލުހައި ޖެހުމުން މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ އެ ދޯނި ހުއްޓިފައިވަނީ ކ. ކާފަރާ ދިމާ ތިން މޭލު ބޭރުން ކަމަށެވެ. އަދި އިންޖީން ހުއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މެރިން ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 13:50 ހާއިރު ކަމަށާއި އެ ސަރަހައްދުގައި މިހާރު މެރިން ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.

އިންޖީނު ހުއްޓުނު އިރު ދޯނީގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *