ކުރިއަށް އޮތް ރަމަޟާން މަހުގައި ވެމްކޯގެ ޚިދުމަތްތައް ދޭ ގަޑިތައް އެ ކުންފުނިން ހާމަކޮށްފިއެވެ.

ވެމްކޯއިން ނެރުން ބަޔާނެއްގައި ވާ ގޮތުން އާންމުން ދިރިއުޅޭ ގޭގޭތަކުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 14:00 އިން ފެށިގެން 17:00 ގެ ނިޔަލަށެވެ. އެއަށް ފަހު ރޭގަނޑު 19:00 އިން ފެށިގެން ކުނިނެގުމުގެ މަސައްކަތް ނިމެންދެން ކަމަށެވެ.

ހުކުރު ދުވަހުގައި ކުނިނެގުމުގެ ކަންކަން އޮތް ގޮތަށް ބަލާއިރު، ޢާންމުން ދިރިއުޅޭ ގެތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު ކުރީ 11:30 އާ ހަމައަށެވެ. އަދި އެއަށްފަހު ކުނި ނެގުން ކުރިއަށް ގެންދެވޭނީ މެންދުރު 13:30 އިންފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. ދެން ކުނިނެގުން ކުރިއަށް ގެންދާނީ ރޭގަނޑު 19:00 އިން ފެށިގެން އެރޭ 00:30 ހަމައަށެވެ.

ކޮމާޝަލްކޮށް ކުނިނެގުމަށް ހަމަޖެހިފައިވާ ގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ވެމްކޯއިން ކުނިނެގުން ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. އަދި އެއަށް ފަހު ކުނިނެގުން ކުރިއަށް ގެންދާނީ ރޭގަނޑު 22:00 އިން ފެށިގެން އެރޭގެ ފަތިހު 04:00 އާ ހަމައަށެވެ.

ހުކުރު ދުވަހު ކޮމާޝަލްކޮށް ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 13:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެއަށް ފަހު ކުނިނެގުން ކުރިއަށް ގެންދެވޭނީ ރޭގަނޑު 22:00 އިން ފެށިގެން އެރޭގެ ފަތިހު 04:00 އާ ހަމައަށެވެ.

މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފާ ގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުނި ނެގޭނެެެ ގަޑިތަކަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އަދި އެއަށްފަހު ޚިދުމަތް ދޭނެ ވަގުތަކީ ރޭގަނޑު 19:00 އިން ފެށިގެން އެ ރޭ ދަންވަރު 03:00 އާ ހަމައަށެވެ.

ހުކުރު ދުވަހުގައި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފައިވަނީ، މެންދުރުފަހު 13:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.   އެއަށްފަހު ކުނިނެގުން ކުރިއަށް ގެންދާނީ 19:30 އިން ފެށިގެން އެރޭގެ ދަންވަރު 03:00 އާ ހަމައަށެވެ.

ރަމަޟާން މަހުގައި ތިލަފުށިގެ ސައިޓްގައި ވެމްކޯގެ މުވައްޒަފުން ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތަކަށް ބަލާއިރުު، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ޚިދުމަތް ދޭނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ. އަދި އެއަށް ފަހު މި ދުވަސްތަކުގައި ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތަކަކީ 19:30 ފެށިގެން ދަންވަރު 00:30 އާ ހަމައަށެވެ. 

ހުކުރު ދުވަސްތަކުގައި ވެމްކޯގެ ތިލަފުށި ސައިޓުން ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތަކަށް ބަލާއިރު ޚިދުމަތް ދޭނީ މެންދުރު ފަހު 14:30 އިން ފެށިގެން އެ ދުވަހު ހަވީރު 16:30 އާހަމައަށެވެ. އެއަށްފަހު ހުކުރު ދުވަހުގައި މަސައްކަތް ކުރިއަށް ގެންދާނީ ރޭގަނޑު 21:00 އިން ފެށިގެން އެރޭ ދަންވަރު 00:30 އާ ހަމައަށެވެ.

ހުޅުމާލޭގެ ވޭސްޓް ޓްރާންސްފަރ ގެ ޚިދިމަތްތައް ދެވެން ހަމަޖެހިފާ ގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުނި ނެގޭނެެެ ގަޑިތަކަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އަދި އެއަށްފަހު ޚިދުމަތް ދޭނެ ވަގުތަކީ ރޭގަނޑު 19:30 އިން ފެށިގެން އެ ރޭ ދަންވަރު 02:00 އާ ހަމައަށެވެ.

ހުކުރު ދުވަހުގައި ހުޅުމާލެ ވޭސްޓް ޓްރާންފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފައިވަނީ، މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެއަށްފަހު ކުނިނެގުން ކުރިއަށް ގެންދާނީ 19:30 އިން ފެށިގެން އެރޭގެ ދަންވަރު 02:00 އާ ހަމައަށެވެ.

ވިލިމާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފާ ގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުނި ނެގޭނެެެ ގަޑިތަކަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އަދި އެއަށްފަހު ޚިދުމަތް ދޭނެ ވަގުތަކީ ރޭގަނޑު 19:30 އިން ފެށިގެން އެ ރޭ ދަންވަރު 02:00 އާ ހަމައަށެވެ.

ހުކުރު ދުވަހުގައި ވިލިމާލޭގެ ވޭސްޓް ޓްރާންފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފައިވަނީ، މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެއަށްފަހު ކުނިނެގުން ކުރިއަށް ގެންދާނީ 19:30 އިން ފެށިގެން އެރޭގެ ދަންވަރު 02:00 އާ ހަމައަށެވެ.

ފުވައްމުލަކު ސިޓީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފާ ގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުނި ނެގޭނެެެ ގަޑިތަކަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އަދި އެއަށްފަހު ޚިދުމަތް ދޭނެ ވަގުތަކީ ރޭގަނޑު 20:30 އިން ފެށިގެން އެ ރޭގެ 22:30 އާ ހަމައަށެވެ.

ހުކުރު ދުވަހުގައި ފުވައްމުލަކު ސިޓީގެ ވޭސްޓް ޓްރާންފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފައިވަނީ، މެންދުރުފަހު 14:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެއަށްފަހު ކުނިނެގުން ކުރިއަށް ގެންދާނީ 20:30 އިން ފެށިގެން އެރޭގެ 22:30 އާ ހަމައަށެވެ.

އައްޑޫ ސިޓީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފާ ގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުނި ނެގޭނެެެ ގަޑިތަކަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އަދި އެއަށްފަހު ޚިދުމަތް ދޭނެ ވަގުތަކީ ރޭގަނޑު 20:30 އިން ފެށިގެން އެ ރޭގެ 23:00 އާ ހަމައަށެވެ.

ހުކުރު ދުވަހުގައި އައްޑޫ ސިޓީގެ ވޭސްޓް ޓްރާންފަރ ސްޓޭޝަންގެ ޚިދިމަތްތައް ދެވެން ހަމަޖެހިފައިވަނީ، މެންދުރުފަހު 14:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. އެއަށްފަހު ކުނިނެގުން ކުރިއަށް ގެންދާނީ 20:30 އިން ފެށިގެން އެރޭގެ 23:00 އާ ހަމައަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *