އދ.މާމިގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލްގެ އެއާޕޯޓްގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ ހިނގި އެކްސިޑެންޓްގައި ހަތަރު ދިވެއްސަކަށް އަނިޔާވެފައި ވާއިރު، އެތަނުން އެކަކު ވަނީ އިއްޔެ މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން ވަނީ ރޭ 22:30 ހާއިރު އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި، އެކްސިޑެންޓްފަގައި އަނިޔާވެގެން ހޮސްޕިޓަަލަށް ގެނައި ތިން މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި ތިން މީހުންނަށް ވެސް އަދިވެސް ފަރުވާދެމުންދާ ކަމަށެވެ. 

މި އެކްސިޑެންޓްގައި އެކަކުގެ ބޯފަޅައިގެން ގޮސް ދެމީހެއްގެ ފައި ބިނދި އަނެއް މީހާގެ ކަކުލަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު މީހާއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ އެކްސިޑެންޓް ހިނގީ އެއާޕޯޓު ތެރޭ ޖޯލީގައި މީހުން ތިއްބައި އެވަގުތު އެތަނުން ދުއްވާފައި ދިޔަ ވެހިކަލް ކޮންޓްރޯލްނުވެ ޖޯލީގައި ޖެހިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *