ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް ގެ ރައީސް އަހުމަދު އަދީބް ބޭސް ފަރުވާ އަށް ގޭގައި ބަންދުގައި ބެހެށްޓުމަށް، ހައި ކޯޓުން ކުރި ވަގުތީ އަމުރަކީ ސައްހަ އަމުރެއް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ބުނެފިއެވެ.

ވަގުތީ ގޮތުން އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.

28 ވަނަ ދުވަހު ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކުރަން އަމުރު ކުރާ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *