ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޯފިޑުގެ ވަފުދާ ބައްދަލުކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ އޯޕެކް ފަންޑް ފޯ އިންޓަނޭޝަލަ ޑެވެލޮޕްމަންޓް (އޯފިޑް)ގެ ވަފުދާ މިނިސްޓަރު ކުރެއްވި ބައްދަލުވުމުގައި ވަނީ މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މިއަހަރުގެ ތެރޭގައި އޯފިޑާއި ދިވެހި ސަރުކާރު ގުޅިގެން ހަތް ރަށެއްގެ ފެނުގެ ނިޒާމު ގާއިމް ކުރުމާ، އަށް ރަށެއްގެ ނަރުދަމާ ނިޒާމުގާއިމުކުރުމާއި ފަސް ރަށެއްގެ ބަނދަރު ހަދަން ވަނީ ނިންމާފަ އެވެ. 

މިދިޔަ އޭޕްރިލް މަހު ސަރުކާރުން ބުނީ އޯފިޑާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯފެނާއި ނަރުދަމާގެ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *