މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ގެއްލުން ވެއްޖެއެވެ.
އެމްޓީސީސީން ނެރުނު މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި ކްއާޓަރުގައި އެ ކުންފުންޏަށް ވަނީ 45 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ. އަދި މި ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާ ގޮތުގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.
އެ ކުންފުނިން ނިމިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 29 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 45 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެމްޓީސީސީއަށް ވަނީ މިނިމިދިޔަ ފަސް އަހަރު ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ގިނަ މަޝްރޫއުތަކެއް ނިންމަންވެސް ނިންމާފައެވެ. އެމްޓީސީސީއަކީ ސަރުކާރާއި އަދި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.