ވެރިރަށް މާލޭގައި ރޭ ބިދޭސީ އަކު ރަހީނުކުރުމަށް ފަހު އެމީހާ އަށް އަނިޔާކޮށް އެމީހާ އަތުން ފައިސާތަކެއް ފޭރިގަންނަ އުޅެފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ބަންގްލަދޭޝް އަށް ނިސްބަތްވާ އެ 29 އަހަރުގެ ފިރެހެން މީހާ ރަހީނުކުރި މައްސަލައާއި ގުޅިގެން މިހާތަނަށް އެއް ބިދޭސީ އެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެކަން ހިންގުމުގައި ދިވެހިންވެސް ބައިވެރިވެފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 47 އަހަރުގެ ބިދޭސީއެއް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ރޭ ދަންވަރު 2:50 ހާއިރު، އެ މައްސަލާގެ މައުލޫމާތު ލިބިގެން ރަހީނުކޮށްފައިވާ 29 އަހަރުގެ ބަންގްލަދޭޝް މީހާގެ ރައްޓެއްސަކަށް ގުޅައި، 40،000 ދިވެހި ރުފިޔާ ދިނުމަށް ޑިމާންޑުކޮށް، އެ ފައިސާއާ ހަވާލުވާން އައި ބިދޭސީ ފިރިހެނަކު ކެންގަރޫ ކިޑްސް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގައި އިތުރަށް މައުލޫމާތު ސާފު ކުރުމުން މި އަމަލު ހިންގުމުގައި ހަތް ވަރަކަށް ދިވެހިން ބައިވެރިވެފައިވާ ކަމަށާއި ރަހީނު ކޮށްފައި ހުރި ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާކޮށް މާރާމާރީ ހިންގުމަށް ފަހު ދެ މޯބައިލް ފޯނާއި ކަރުގައި އަޅާފައި އޮތް ފަށާއި ތަޅުދަނޑިފައްޗެއް ފޭރިގެންފައިވާ ކަމަށް މައުލޫމާތު ލިބޭ،" ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ރަހީނުކޮށްގެން ގެންގުޅުނު ސަރަހައްދަށް ފުލުހުން ދިއުމުން އެތާ ތިބި އެންމެން ފިލާފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *