ރޭ ދަންވަރު މާލެ އަމީނީ ގޯޅީގައި ހުންނަ ގ.ފެހި ގިރީގަ ނަމަކަށް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި، އަދި އެ ހާދިސާގައި އެގޭ ބެލްކަނީގައި، ހުރި ދެ ދޮންނަ މެޝިނަކާއި ލަކުޑި ގޮނޑިއެއް އަނދައިގެ ދިޔައިރު ފާރުތަކުގައި ރެނދުލާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެހާދިސާ ފުލުހަށް ރިޕޯޓް ކުރީ، 3:52 ހާއިރު ކަމަށާއި ރިޕޯޓް ލިބުމުން ފުލުހުން އެގެއަށް ގޮސް،  އަލިފާން ރޯވެފައިވާ ތަން ނިއްވާލީ އަލިފާން ނިވާ ފުޅި އާއި ފެން ބޭނުންކޮށްގެން ކަމަށެވެ. 

އެ ގެއަށް ދިޔައިރު އަލިފާން ރޯވެފައިވާ އެޕާޓްމަންޓް ހުރީ ތަޅުލާފައި ކަމަށެވެ. ފުލުހުންނަށް އެ ގޭގެތެރެއަށް ވަދެވުނީ ދޮރުގައި ތަޅައި ގަތް ފަހުން މީހަކު އެތެރެއިން ދޮރު ހުޅުވުމުން ކަމަށްވެސް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވިއެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ ކަރެންޓް ފަދަ އެއްޗެހި ބޭނުން ކުރާއިރު އެންމެ ރައްކާތެރިކަމާއި އެކު ބަލައިގެން ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *