"ސެޓްލައިޓް ޝަންކަރު" ރިލީޒް ކުރާ ދުވަސް ފަސްކޮށްފިއެވެ.
ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލް ސޫރަޖް ޕަންޗޯލީގެ އާ ފިލްމު "ސެޓްލައިޓް ޝަންކަރު" ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.
ކުރިން "ސެޓްލައިޓް ޝަންކަރު" ރިލީޒް ކުރާ ގޮތަށް އޮތީ ޖޫން މަހުގެ 5ގައެވެ. ނަމަވެސް، މި އަހަރުގެ ސެޕްޓެމްބަރު 6 ގައި ރިލީޒްކުރަން ތާވަލު ކުރި ބޮޑު ދެ ފިލްމެއް ފަސްކުރުމާ ގުޅިގެން ސޫރަޖް ޕަންޗޯލީގެ "ސެޓްލައިޓް ޝަންކަރު" އެ ދުވަހު ރިލީޒް ކުރާ ގޮތަށް ފަސްކުރީއެވެ.
"ސެޓްލައިޓް ޝަންކަރު" އަކީ އިރުފާން ކަމަލް ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގައި ސޫރަޖް ފެނިގެން ދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. އަދި މިއީ 2015 ގައި "ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރުގެ ދެވަނަ ފިލްމެވެ.
"ސެޓްލައިޓް ޝަންކަރު" ގެ ބަތަލާއަކީ މޭގާ އާކާޝް އެވެ.