ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭ މައްޗަށް އުދަ އަރައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އުދަ އަރާފައިވަނީ ރޭ ދަންވަރު ދިޔަވަރު އެންމެ ބޮޑުވި ގަޑީގައެވެ. އަދި އުދަ އެރުމުން ގިނަ އަދަދެއްގެ ވެލި ވަނީ ހައިވޭ މައްޗަށް އަރައިފައެވެ.
އުދަ އަރާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭއިން ގޮސް ސިގްނަލް ލައިޓާ ކައިރިވާ ހިސާބަށެވެ.
ހައިވޭއަށް ރޭ ދަންވަރު އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ފުލުހުން ކޯނު ޖަހައި، އޭގެ އަރިމަތީން ނޫނީ ދަތުރު ނުކުރެވޭނެ ގޮތަށް ހަދައިފަ އެވެ.
މީގެ ކުރިންވެސް ހައިވޭގެ އެ ސަރަހައްދަށް ވަނީ އުދަ އަރާފައެވެ