ސިފައިންނަށް 127 އަހަރު ފުރުމުގެ މުނާސާބަތުގައި ހުކުރު ދުވަހުގެ ރޭ މާލޭގައި ހަވާއަރުވަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެެންޑީއެފްގެ މީޑިއާ ކޯޑިނޭޝަރ ކެޕްޓަން އިބްރާހިމް އާޒިމް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަވާ އިރުވާނީ ކަޅުތުއްކަލާ ކޮށި (ކޭކޭ)ގެ އުތުރުފަރާތުގައި އޮންނަ ހުސްބިމުގައި ކަމަށެވެ.
ހަވާ އެރުވުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:45 ގައެވެ.
އެރޭ ސިފައިންވަނީ "ސިފައު އުފާ 2019" ޝޯވެސް ބޭއްވުމަށް ނިންމާފައެވެ. "ސިފައުފާ" ޝޯގައި ކޮޕްސް ބޭންޑުގެ މިޔުޒިކާއި، ހެއްވާމަޖާ އައިޓަމްތަކާއި، ޑްރާމާ އާއި ތަމްސީލް އަދި ނެށުމުގ ފަރި ހަރަކާތްތައް ކޮންމެ އަހަރަކުވެސް ގެނެސްދެއެވެ.