ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް، އިސްލާހު ކުރުމަށްޓަކައި 20 ކަމެއް ހިމެނޭ ގޮތަށް މަގުޗާޓެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ އިފުތިތާހުކޮށް ދެއްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީ މަހު ބޭއްވި ޖުޑިޝަރީއާ ގުޅޭ ފޯރަމްގައި ބައިވެރިންނާއި ޔޫއެންޑީޕީގެ މަޝްވަރާ އާއި ބޭރުގެ ޖަމިއްޔާތައް ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި ރިޕޯޓްތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ.

މީގައި ހިމެނޭ މުހިންމު ބައެއް ކަންތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން އާއި ގާނޫނުތައް އިސްލާހުކުރުމުގެ އިތުރަށް ހަރުދަނާ ކުރުމުގެ އިތުރަށް ފަޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމްކުރުން ހިމަނާފައިވެއެވެ.

މަގުޗާޓުގައި ހިމެނޭ އިތުރު ބައިތައް:

- ފަނޑިޔާރުގޭގެ މާލީ މިނިވަންކަން ކަށަވަރު ކުރުން.

- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ހަރުދަނާކޮށް ތަންފީޒުކުރުން.

- ޖުޑިޝަލް ކޭސް މެނޭޖްމަންޓްގެ ނިޒާމު ހަރުދަނާ ކުރުން.

- އީ ފައިލިންގެ ނިޒާމު ގާއިމު ކުރުން.

- ޓެކްނޮލަޖީގެ ނިޒާމު ބޭނުންކުރާ ވަރު އިތުރު ކުރުން.

- ފަނޑިޔާރުންނަށް އިލްމީ އަދި ފަންނީ ފުރުސަތުތައް ހޯދައި ދިނުން.

މީގެއިތުރުން މިހާރު ހުރި އެތައް ގާނޫނެއް ހާލަތާ އެއްގޮތަށް ބަދަލުކޮށް، އަދުލުއިންސާފަށް ފަސޭހަ އިން ވާސިލްވުމަށް ގާނޫނީ އޮނިގަނޑު އިސްލާހު ކުރުން ވަރަށް މުހިންމު ކަމަށް އޭގައި ކަޑައަޅާފައިވެއެވެ. 

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ޝަރުއީ ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *