މިމަހުގެ 22 ވަނަ ދުވަހު، ށ.ޅައިމަގު "ކުރިމަގު" ބޯޓްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ގެއްލުނު މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު މެންދުރު 12:17 ހާއިރު، ޅައިމަގު ކައުންސިލުން ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގުޅާފައި، އެރަށު "ކުރިމަގު" ބޯޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ފަތިހު ބޯޓް ފުރަން ބެލި އިރު ގެއްލިފައިވާ ކަމުގެ ރިޕޯޓް ކޮށްފައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނު އިރު، އެ ބޯޓް ވަނީ މާލެ ދިއުމަށް ފުރާފައި ކަމަށާއި، އަދި އެ ބޯޓް ލެފުމުން ފުލުހުން ވަނީ އެ ބޯޓަށް އަރައި، އޭގައި ތިބި ފަޅުވެރިންނާއި، އަދި ކެޕްޓަނާއި ސުވާލު ކޮށް، މައުލޫމާތު ސާފު ކޮށްފައި ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެ ހާދިސާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ބޯޓްގައި މަސައްކަތް ކުރާ ދެ ބަންގްލަދޭޝް މީހުން ކަމަށާއި، އެކަކަކީ 30 އަހަރުގެ މީހެއް ަކަމަށާއި ދެން ހައްޔަރުކުރި މީހަކީ 36 އަހަރުގެ މީހެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *